ކޯވިޑް-19: ހުއްޓުމެއް ނެތި ކުރިއަށް - މިއަދުވެސް 123 ދިވެހިން ޕޮޒިޓިވް

ކޯވިުޑް-19 ގައި ބަލިވާ މީހުންގެ އަދަދު ހުއްޓުމެއް ނެތި ކުރިއަށް ގޮސް މިއަދުވެސް 145 މީހުން ޕޮޒިޓިވް ވެއްޖެއެވެ. މި އަދަދުގެ ތެރެއިން 123 މީހުންނަކީ ދިވެހިންނެވެ. ދެން ތިބީ ބަނގްލާދޭޝް 11 މީހުންނާއި އިންޑިއާގެ 3 މީހުންނާއި ސްރީލަންކާގެ 5 މީހުންނާއި ނޭޕާލު މީހަކާއި ޖަޕާނު މީހަކާއި އުރުދުން މީހެކެވެ.

މިއަދު ބަލި ޖެހުނު މީހުންނާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 6370 އަށް އެރީއެވެ. މި 6370 މީހުންގެ ތެރެއިން 3915 މީހުން ވަނީ ރަނގަޅު ވެފައެވެ. މި ވަގުތު ބަލީގައި ދެމިތިބީ 2431 މީހުންނެވެ. އެމީހުންގެ ތެރެއިން 1355 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. 161 މީހުން ތިބީ ހަސްފަތާލުގައެވެ.

މިހައިތަނަށް ރާއްޖެއިން ކޯވިޑް-19 ގައި މަރުވެފައި ވަނީ 24 މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.