މިރެއިން ފެށިގެން ރޭގަނޑު 10ން ފަތިހު 5އާ ދެމެދު މަގުމަތީގައި އުޅުން މަނާކޮށްފި

މިރެއިން ފެށިގެން ރޭގަނޑު ދިހައަކުން ފެށިގެން ފަތިހު ފަހަކާ ހަމަޔަށް މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ރޭގަނޑު ދިހައަކުން ފެށިގެން މަގުމަތީގައި އުޅުމާއި އުަޅަނދު ފަހަރު ދުއްވުން މަނާކޮށްފިއެވެ. 

އެޗްއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ސެކެޓްރީ ވިދާޅުވި ގޮތުގައި މި ފިޔަވަޅަކީ މީހުން އެއްތާވާ މިންވަރު މަދުކުރުމާއި އެއްތަންވާ މީހުން މަދުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. 

މާލޭގައި ކޯވިޑް ފެތުރެން ފަށާއި މާލެ ބަންދުކޮށްފައި އޮތް އޮތުމަށް ލުއި ދިނުމުން  މިހާރު ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް ސާމިޔާ ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ބަލި ފެތުރެން ފެށިއިރު 500 މީހުންނަށް ބަލި ޖެހިފައިވަނީ 56 ދުވަހުގެ ތެރޭގައި ކަމަށް ވީ ނަަމަވެސް މިހާރު 500 މީހުންނަށް ބަލިޖެހިފައިވަނީ 5 ދުވަހުގެ ތެރޭގައިކަން ފާހަގަކުރެއްވިއެވެ. 

މިއަދު އެޅި ފިޔަވަޅުތަކުގެ ތެރޭގައި ފަސް މީހުންނަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ އެއްތަން ނުވެވޭނެ ކަމަށް ވެސް ސާމިޔާ ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.