
ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކެއް އެރިސޯޓްގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށް ހަމަލާ ދިނުމުގެ ސަބަބުން އަނިޔާވެއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އަނިޔާވި ފުލުހުންގެ މީހާގެ ބޯފަޅައިގެން ދިއުމުގެ އިތުރުން އެކިވަރުގެ އަނިޔާ ލިބވިފައިވާކަމަށެވެ. އަނިޔާވި ފުލުހަށް ބ އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ބ.އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މުވައްޒަފުންތަކެއް، ދިވެހި މުވައްޒަފުންތަކެއް އެ ރަށުން ފޭބިޔަނުދީ ހިފަހައްޓައި ހަމަނުޖެހުން ހިނގައިފައިވާ ކަމަށް ކަމަށްފުލުހުން ވަނީ ވިދާޅުވެފައެވެ އެކަމާ ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދަނީ އެސަރަޙައްދުގައި ޙަރަކާތްތެރިވާ ފުލުހުންގެ ޓީމަކުންނެވެ.
ބަޤްލަދޭޝް މުވައްރަފުން ހަމަނުޖެހުން ހިންގައި ދިވެހި މުވައްޒަފުން ހިފަހަށްޓައިފައި ވަނީ މުސާރައިގެ މައްސަލައިގައިކަމަށްވެސް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯރޓް ކޮށްފައެވެ. އެރިސޯރޓްގައި ތިބީ 200 ބިދޭސީންނާއި 15 ދިވެހިން ކަމަށް ފުލުހުން ވިދާޅުވިއެވެ.