
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ޚާއްޞަ ވައިބާ ސްޓިކާ ޕެކެއް ތަޢާރަފްކޮށްފިއެވެ. މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި މިއީ މި ގޮތަށް ތަޢާރަފްކުރެވޭ ފުރަތަމަ ވައިބާ ސްޓިކާ ޕެކެވެ. މިނިސްޓްރީން ވައިބަރ ސްޓިކާ ޕެކެއް ތައާރަފުކުރެއްވީ ވައިބާ އަކީ ދިވެހިންގެ މެދުގައި މަޤުބޫލު، އަދި ގިނަ އަދެދެއްގެ ދިވެހިން ބޭނުންކުރާ އެޕްލިކޭޝަނަކަށް ވާތީއެވެ.
މިނިސްޓްރީއިން ތަޢާރަފުކޮށްފައިވާ ވައިބާ ސްޓީކާ ޕެކުގައި ތިމާވެށްޓާ ގުޅޭ އެކި މެސެޖު ހިމަނާފައިވެއެވެ. އެގޮތުން ހަކަތަ އާއި ފެން އިސްރާފު ނުކުރުމާއި ތިމާވެށްޓަށް ކުނި ނޭޅުން ފަދަ މެސެޖުތައް ހިމެނެއެވެ. ތިރީގައިވާ ލިންކުން ސްޓިކާ ޕެކް ޑައުންލޯޑުކުރެވޭނެއެވެ.
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ދިމާވެފައި މިވަނީ ކޮވިޑް-19 ގައި ސަބަބުން ގައިދުރުކުރުމާއި ފުރަބަންދުގައި ގިނަ ރައްޔިތުން ދިބި ދުވަސްވަރެއް ކަމުން މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދަނީ މީސްމީޑިއާ މެދުވެރިކޮށްވެ.