
ޅ.ކުރެންދޫ ހަތަރު ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޅ.ކުރެންދޫ ޕޮލިސް ސްޓޭޝަނުން މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު ގެއެއް ބަލައިފާސްކޮށެވެ.
އެގޮތުން އެ ހަތަރު ގެ ބަލައިފާސްކުރިއިރު އޭގެ ތެރެއިން ދެގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ 20 ފޮތެއްގެ އިތުރުން ސިހުރުކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ 20 ކަރުދާސްގަނޑު ފެނިފައިވެއެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.