
ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙާ ގުޅިގެން އިންތިޤާލީ މަރުހަލާގައި އިދާރީ ދާއިރާތައް ހިންގާނެ ގޮތުގެ ބިލް މިރޭގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މިބިލް ފާސްކޮށްފައި ވަނީ 74 މެމްބަރުންގެ އިއްތިފާޤުންނެވެ. ޤާނޫނޫ އަސާސީއަށް ގެނައި އިޞްލާޙުގައި އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމިތިބި ކައުންސިލްތަކުގެ މެމްބަރުން ޢަމަލު ކުރާނޭ އިންތިޤާލީ އުޞޫލުތައް މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެކަމަށް ވަނީ ބުނެފައެވެ. އެއިޞްލާހު ހުށަހެޅި މެމްބަރު ވިދާޅުވީ މިރޭ ފާސްކުރެއްވި ބިލުން އެމައްސަލަ އަށްޙައްލު ލިބިގެންދާނެކަމަށެވެ.
މެމްބަރ ޙަސަން ލަތީފު ހުށަހެޅުއްވި ބިލް ފާސްކުރެއްވީ ކޮމެޓީން ބިލް ނިންމި ގޮތަށް މިރޭގެ ތަޅުމުގައި ހުށަހެޅި ފާސްކުރެއްވި އިޞްލާޙުތަކާއެކުގައެވެ.