ސުޕްރީމް ކޯޓްގެ ލަފަޔަށް، މެދު ކަނޑާލި ޖަލްސާ ކުރިއަށް ގެންދަންވަން ފަށްޓަވައިފި އެވެ. މަޖިލީހުގެ ޖަލްސާ ބުދަ ދުވަހުގެ ރޭ މެދުކަނޑާ ލެއްވީ ސުޕްރީމް ކޯޓްގެ ލަފާ ލިބެންދެނެވެ.
މިރޭގެ ޖަލްސާގައި ފުރަތަމަ ކުރިއަށް ގެންދެވީ ސުޕްރީމް ކޯޓުން ދެއްވި އިސްތިޝާރީ ލަފާ މަޖިލީހުގެ ތަޅުމަށް އިއްވެވުމަށެވެ. އޭގޭ ފަހުން މަޖިލީހުގެ ރައީސް ވަނީ އެ އިސްތިޝާރީ ލަފާގައިވާ ވާހަކަތައް ޚުލާސާކޮށް މެމްބަރުންނަށް ވިދާޅުވެދެއްވައިފައެވެ.
މިހާރު ކުރިއަށް ގެންދަވަނީ މުޅި މަޖިލީހުގެ ކޮމެޓީގެ ގޮތުގައި ޤާނުނު އަސާސި އިޞްލާޙު ކުރުމުގެ ބިލް އިޞްލާހު ކުރުމުގެ މަސައްކަތެވެ. ބިލަށް އިސްލާޙު ހުށަހަޅައި މިރޭ ކޮމެޓީގެ ރިޕޯޓުވެސް އެކުލަވާލައި އެރިޕޯޓަށް ވެސް އިޞްލާހު ހުށަހެޅުމަށް ވަނީ ނިންމަވައިފައެވެ. އަދި ކޮމެޓީން ފޮނުވައިފައިވާ މެމްބަރ ޙަޞަން ލަތީފު ހުށަހެޅުއްވި ބިލްގެ ރިޕޯޓުވެސް މިރޭ ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވައިފައެވެ. ނަމަވެސް މި ރިޕޯޓާއި ޤާނޫނު އަސާސީ އިޞްލާޙު ކުރުމުގެ ބިލް މުޅި މަޖިލީހުގެ ކޮމެޓީން ނިންމާ އެކުލަވާލާ ރިޕޯޓަށް ވޯޓަށް އައްސަވާނީ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.