ބަނގްލަދޭޝްގެ 352 ރައްޔިތަކު މިއަދު އަނބުރާ ޤައުމަށް ފޮނުވާލައިފި

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އެއްވެސް ލިޔެކިޔުމެއް ނެތި އުޅޭ 352 ރައްޔިތަކު އެމީހުންގެ ޤައުމަށް މިއަދު ފޮނުވަލައިފައިވާކަމަށް ރާއްޖޭގެ އިމިގްރޭޝަން އިން ހާމަކޮށްފިއެވެ. މި މީހުން ބަންގްލަދޭޝްއަށް ފޮނުވާލެވުނީ މޯލްޑިވިއަންގެ ދެ ޗާރޓާރ ފްލައިޓްގައެވެ. މީގެއިތުރުން 152 އިންޑިއާ ރައްޔިތުންނާއި 67 ޗައިނާގެ ރައްޔިތުން އެމީހުންގެ ޤައުމަށް ފޮނުވުމަށް ކްލިއަރެންސް ދެވުނުކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. 

މި ހަފްތާގެ ކުރީކޮޅު ބަންގްލަދޭޝްގެ ރައްޔިތުން ފުރުމަށް ހަމަޖެއްސި ނަމަވެސް އިންޑިއާ އަދި ބަންގްލަދޭޝް އަށް އައި ބާރުގަދަ ތޫފާން އަމްފާންއާ ގުޅިގެން ފްލޭޓްތައް ވަނީ ކެންސަލްކުރެވިފައެވެ. މިއަދު މި ފްލޭޓްތަކުގައި ރާއްޖޭގައި ލިޔެކިޔުމެއްނެތި އުޅޭ 352 ބަންގްލަދޭޝްގެ ރައްޔިތަކު ވަނީ ޤައުމަށް ފޮނުވާލެވިފައެވެ. ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދު ވަނީ މިކަމުގައި ބަންގްލަދޭޝްއިން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސައިދިން ކަމަށްޓަކައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރަށާއި އެ ޤައުމުގެ ހައި ކޮމިޝަނަރަށް ޝުކުރުއަދާކޮށްފައެވެ.

ސަރުކާރުން ވަނީ މީގެ ކުރިންވެސް ވަނީ ރާއްޖޭގައިތިބި އެހެން ޤައުމުތަކުގެ ރައްޔިތުން އެމީހުންގެ ޤައުމުތަކަށް ފޮނުވާފައެވެ. މިގޮތުން އިންޑިއާގެ މަނަވަރު އައިއެންއެސް ޖަލަޝްވާގައި 1488 އިންޑިއާގެ ރައްޔިތަކު ވަނީ ރާއްޖެއިން ކޮޗިންއަށް ދަތުރުކޮށްފައެވެ. އަދި ރާއްޖޭގައި ލިޔެކިޔުމެށްނެތި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން 840 މީހަކު މިހާތަނަށް ބަންގްލަދޭޝްއަށް ފޮނުވިފައިވާކަމަށް ދިވެހި ސަރުކާރުންވަނީ މައުލޫމާތު ދީފައެވެ. މީގެއިތުރުން ރާއްޖޭގައިތިބި އިންޑޮނޭޝިއާގެ 190 ރައްޔިތުންނާއި ޔޫރަޕްގެ 47 މީހަކުވެސް ވަނީ އެމީހުންގެ ޤައުމުތަކަށް ފޮނުވަލެވިފައެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.