
ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޭ އެލަވަންސަށް ކުރިމަތިލުމުގެ ފުރުޞަތު އިކޮނިކޮމިކްސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިކޮނިމިކް މިނިސްޓްރީގެ އިޢުލާންގައި ވަނީ އެލަވަންސަށް މިހާތަނަށް ކުރިމަތިލައިފައިވާ ނުވާފަރާތްތައް އެކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. އެލަންވަސް ދިނުމަށް ކަނޑައަޅައިފައިވާ ތިން މަސްކަމުގައިވާ، އޭޕްރީލް، މެއި އަދި ޖޫން މަހަށް ވެސް ފޯމުހުށަހެޅުމަށް ވަނީ ވަކި ސުންފގަނޑިއެއް ދެއްވައިފައެވެ. އެގޮތުން އޭޕްރީލް މަހުގެ އެލަވަންސަށް ޝަރުތު ހަމަވާ މީހުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހު 30 އެވެ. މެއިމަހުގެ އެލަވަންސަށް ޝަރުތު ހަމަވާ މީހުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކި ޖޫން ހަތަކެވެ. އަދި ޖޫން މަހުގެ އެލަވަންސަށް ޝަރުތު ހަމަވާ މީހުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކި ޖުލައި ހަތެކެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު މިއުޞޫލުގެ ދަށުން މާލީ އެހިތެރިކަން ފޯރުކޮށް ދިނުމަށް ހަމަޖައްސައިފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަވެސް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މާލީ އެހީތެރިކަމަށް ހުށަހަޅައިފައިވާ ފަރާތެއްނަމަވެސް ދިނުމަށް ކަނަޑައަޅައިފައި ވަނީ މަހަކަށް 5000 ރުފިޔާއެވެ. ނަމަވެސް އެލަވަންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ 5000 ރުފިޔާ ނުވަތަ އެއަށް ވުރެ މަތީ ޢަދަދެއްގެ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، މި އުސޫލުގެ ދަށުން ދެވޭ އެލަވަންސަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ކަމުގައެއް ނުބެލޭނެކަމަށް ވެސް އުޞޫލުގައި ބުނެފައިވެއެވެ. އަދި އެލަވަންސް ހޯދުމަށް ހުށަހަޅާ ފަރާތަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްގެ އެހެން އާމްދަނީއެއް ނުވަތަ މުސާރައެއް ލިބޭ ފަރާތެއްނަމަ، އެ ފަރާތްތަކަށް ފޯރުކޮށްދެވޭނެ އެލަވަންސަކީ 5000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއްކަމަށް ވެސް އުޞޫލުގައި ބުނެއެވެ.
ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވަންސަށް އެދޭ ފަރާތަކީ މިއަހަރުގެ މާރޗް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ވަޒީފާއެއްގައި ހުރި ފަރާތަކަށް ވާންޖެހެއެވެ. އަދި އެފާރަތަކީ ސުރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމަށް ވާންޖެހޭނެ ކަމަށްވެސް އުޞޫލުގައި ބުނެފައި ވެއެވެ. އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ ފަރާތަކަށް ވެސް ވާން ޖެހެއެވެ.
މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ކަމަށް އުޞޫލުގައި ބުނެފައި އެވަނީ، މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކެވެ.