ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އެއްބާރުލުމެއް ނުލިބޭ: ޑރ އަފްޒަލް

ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް ބޭނުންވާ ވަރަށް އެއްބާރުލުން  ނުލިބޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ. 

ޑރ. އަފަޒަލް ވިދާޅުވީ ސާމްޕަލް ނެގުމަށް އިންކާރު ކުރަނީ ޕޮޒިޓިވް ވެދާނެ ކަމުގެ ބިރު އޮތީމާ ކަމަށް ވެދާނެކަމަށެވެ. ނަމަވެސް  ރެންޑަމްކޮށް މި ސާމްޕަލް ނެގުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ދޮށީޢުމުރުގެ މީހުންގެ ތެރޭގައި ބަލި އޮތީ ކިހާ ވަރަކަށްކަން ދެނެގަނެވޭނީ ސާމްޕަލް ނަގައިގެން ޓެސްޓް ކުރެވިގެން ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.  

"ބިރުގަންނަނީ ކަންނޭނގެ ޢުމުރުން ދުވަސްވީ މީހަކު ސާމްޕަލް ނަގައިގެން ޕޮޒިޓިވްވެ އެހެން ދިމާއަކަށް ގެންގޮސްފިއްޔާ އޭނާގެ ޙާލަތު ވަކިން ދަށް ވެދާނެކަމަށް. މިކަހަލަ ތަފާތު ބިރު އޮންނަނީ ކަމަށް ވެދާނެ." ޑޮކްޓަރ އަފްޒަލް ވިދާޅުވިއެވެ. 

ދޮށީ ޢުމުރުގެ މީހުންނަކީ އެހެން ބަލިތަކުގައިވެސް ފަރުވާ ހޯދަމުންދާ މީހުންކަމަށްވުމުން ކޮވިޑްގެ އަލާމާތްތައް އޭގެތެރޭގައި އެކުވެފައި ހުރުމުން ވެސް އެހާ ބޮޑަށް ބަލި ފާޅެއްނުވެއެވެ. އެހެންކަމުން ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އެދުމުން އެކަމަށް މަގު ފަހިކޮށް ދިނުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.