
އިތުރު 51 މީހަކަށް ކޯވިޑް ޖެހި ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 955 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މިރޭގެ ނުވައެއް ޖެހުމާ ހަމައަށް 51 މީހަކަށް ކޯވިޑް ޖެހިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ދިވެއްސަކާއި ބަނގްލަދޭޝްގެ 11 މީހަކާއި އިންޑީއާގެ 26 މީހަކާއި ސްރީ ލަންކާގެ އެކަކާއި ނޭޕާލު މިހަކަށެވެ.
ބަލިޖެހުނު މީހުންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ މީހުން ވަނީ ދަރުމަވަންތަ ޑީއެޗް 11 އާއި ޓްރީ ޓޯޕްގައި އެޑްމިޓުކޮށްފައެވެ. ޑީއެޗް 11 ގައި 3 މީހަކު އެޑްމިޓުކޮށްފައިވެއެވެ. އަދި ޓްރީ ޓޯޕްގައި ވެސް 11 މީހަކަށް ފަރުވާ ދެމނުން އެބަގެންދެއެވެ. ދަރުމަވަންތައިގައި ތިބި މީހުންގެ ތެރެއިން އެކަކު ހާލު ސީރިއަސް ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.