މިރޭ އައްޑޫއަށް ދާ 50 މީހަކު ކަރަންޓީނު ކުރަނީ

ފޮޓޯ: ސިޓީ ކައުންސިލް

މިރޭ އައްޑޫއަށް ދާ ފަންސާސް މީހަކު ކަރަންޓީނު ކުރެވޭނެކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިގް ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓުވީޓެއްގައި މޭޔަރު ވިދާޅުވީ މާލޭގައި ތާށިވެފައިތިބި އައްޑުއާއި ފުވައްމުލަކުގެ ފަންސާސް މީހަކު މިރޭ ދަންވަރުގެ ވަގުތެއްގައި އައްޑޫއަށް ދާނެ ކަމަށެވެ. އެ މީހުން ކަރަންޓީނުކުރެވޭނީ ހެރެތެރެ ކަރަންޓީނު ފެސިލިޓީގައި ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެމީހުން ކަރަންޓީނު ފެސިލިޓީއަށް ގެންދެވޭނީ އެމް.އެން.ޑީ.އެފްގެ ބެލުމުގެ ދަށުން ކަމަށް ވެސް ވިދާޅުވިއެވެ.

މާލެ ބަންދުކުރުމާއި ގުޅިގެން ރިސޯޓު މުއައްޒަފުންނާއި އެކިއެކި ބޭނުމަށް މާލެ އައިސް މަލޭގައި ތާށިވެފައި އައްޑޫގެ ގިނަ ރައްޔިތުންތަކެއް އެބަތިއްބެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.