ކޮތަނބިރި ފަތަކީ ހާރބްސްގެ ތެރެއިން ފަރުވާއެއްގެ ލިސްޓުގައި އެންމެ ކުރީގައި އޮންނަ ހާރބެކެވެ. ހަކުރު ބަލި ޖެހިފައިވާ އެއްޗެއްގެ ކާނާގައި ކޮތަނބިރި ފަތް ހިމަނާފައި ކާން ދިނުމުނ އިންސިއުލިން އުފައްދަން އެހީވެ، އެ މީދަލުގެ ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދިން ކަމަށް ދިރާސާއިން ދައްކައެވެ. ކޮތަނބިރި ފަތުގައި ޑޮޑިސީނަލް ކިޔާ މާއްދާއެއް ހުރެއެވެ. ތަހުލީލުތަކުން ދައްކާ ގޮތުގައި މިއީ ސެލްމޮނިއްލާ ބެކޓީރިއާ ނައްތާލުމުގެ އެނޓިބޔޮޓިކަށްވުރެ ދެގުނަ ރަނގަޅު މާއްދާއެކެވެ. މީގެ އިތުރުން އެނތިބަޔޮޓިކްގެ އަށް ބާވަތެއް ކޮތަނބިރި ފަތުގައި ހުރެއެވެ. މީގެ އިތުރުން ކޮތަނބިރި ފަތަކީ ހަށިގަނޑުގައި ހުންނަ ގޯސް ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް ރަނގަޅު ކޮލެސްޓެރޯލްގެ މިންވަރު އިތުރު ކޮށްދޭ ހާރބެކެވެ. އަދި ޕޮޓޭސިއަމާއި ކެލްސިއަމް ފަދަ ގިނަ މާއްދާތަކެއް އެކުލެވޭ ބާވަތެކެވެ. އަދި ލޮލާއި ލޮލުގެ ފެނުން ރަނގަޅުކޮށްދޭ މާއްދާއެއް ކަމަށްވާ ޒީޒެންތައިން އާއި ލިއުޓެއިން ވެސް ކޮތަނބިރި ފަތުގައި ހުރެއެވެ.
ކޮތަނބިރި ފަތުން ލޭގެ ހަކުރު ލެވެލް ހިފަހައްޓައިދެއެވެ. އެހެންކަމުން ހަކުރު ބަލީގެ މީހުންގެ ކެއުމުގައި ހިމެނުން މުހިއްމު ބާވަތެކެވެ. އަދި ފާރުވެ ދުޅަވުމާއި ބެކްޓީރިއާ އާ ދެކޮޅަށް ވެސް އިންސިއުލިން އެހީވެއެވެ. ކޮތަނބިރި ފަތުން ކޮލެސްޓްރޯލްގެ މިންވަރު ވެސް ރަނގަޅު ކޮށްދެއެވެ. އަދި ލޮލަށްވެސް ފަރުވާ އެކެވެ.
އިތުރު ޓިޕް:
ހިއްކާފައި ހުންނަ ކޮތަނބިރި ފަތަށްވުރެ ރަނގަޅި ތާޒާ ފަތެވެ. ހިއްކާފައި ހުންނަ ފަތަށްވުރެ ރަހައާއި ވަސް އެހާ ބޮޑަކަށް ނުހުންނާނެއެވެ. ކޮތަނިބިރ ފަތަކީ ވަރަށް މަޑުމަޑޫ ނޒުކު ފަތެއް ކަމުން ރައްކާކުރާއިރު ރަނގަޅަށް ބަނދުކޮށްފައި ރައްކަކުރުން މުހިއްމެވެ. ކައްކާން ތާޒާ ފަތް ބޭނުންކުރާ ނަމަ، ރިހަ އަށް ވިޔަސް އަދި އެހެން އެއްޗަކަށް ވިޔަސް ފަތް އަޅަންވާނީ އުނދުން ނިއްވައިލަމުންނެވެ. އެހެންނޫނީ މާބޮޑަށް ރޯ ފިލުމުން ރަހައާއި ވަހެއް ނުހުންނާނެއެވެ.
ކޮތަނބިރި ފަތުގައި ހުންނަ ނިއުޓްރިއެންޓްސް:
ކެލަރީ 3
ޕްރޮޓީން 0.3 ގުރާމް
ކަބޯހައިޑްރޭޓް 0.5 ގުރާމް
ފައިބަރ 0.4 ގުރާމް
ފޮލޭޓް 9 މައިކްރޯގްރާމް
ޕޮޓޭސިއަމް 78 ގުރާމް
ކެލްސިއަމް 10 މިލިގްރާމް
އަޔަން 0.3 މިލިގްރާމް
ބީޓާ ކެރޮޓީން 590 މިލިގްރާމް
ލިއުޓެނިން/ޒީޒެންތައިން 130 މައިކްރޯގުރާމް