މަގުމަތީގައި ދިރިއުޅެމުން ދިޔަ، ގެދޮރު ނެތް 24 މީހަކު ވަގުތީ ހިޔާއަކަށް ބަދަލުކޮށްފިއެވެ. އެމީހުން ވަގުތީ ހިޔާއަށް ބަދަލުކުރީ ފުލުހުންނެވެ.
ފުލުހުންގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މަގުމަތީގައި ދިރިއުޅެމުން ދިޔަ މީހުންނަށް ވަގުތީ ހިޔާ ހަމަަޖައްސައިދިނީ ސަރުކާރާއި މޯލްޑިވިއަން އާކް އިންނެވެ. ފުލުހުން ވަނީ މަގުމަތީގައި ދިރިއުޅެމުން ދިޔަ މީހުން ހޯދައި ސަރުކާރުން އިންތިޒާމުކުރި ކާބޯތަކެތިވެސް އެމީހުންނަށް ބަހާފައެވެ.
Police officers have found and rescued a total of 24 homeless people and taken them to their temporary accommodation tonight.#COVID19Maldives
— Maldives Police (@PoliceMv) April 15, 2020
ވަންނާނެ ތަނެެއް ނެތި މަގުމަތިވެފައިތިބި މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިމިވަނީ މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމާ ގުޅިގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއިން ތިން މީހަކަށް އެބަލި ޖެހިފައިވެއެވެ.