
ރާއްޖެއަށް މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރަ އާދީއްތަ ދުވަހުން ފެށިގެން ތަންކޮޅެއް މަޑު ވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީއާ ވާހަކަފުޅު ދައްކަވަމުން އެ ބޭފުޅާ ވިދާޅުވެފައި ވަނީ މިއީ އަބަދުވެސް ހުޅަނގު މޫސުން ފެށޭ އިރު ކުރާ ވިއްސާރައަކަށް ވިޔަސް މި އަހަރު މި ވިއްސާރަ ކުޑަކޮށް ދިގު ލައިގެން ހިނގައްޖެ ކަމަށެވެ.
ވިއްސާރަ ފެށިގެން އައީ ރާއްޖޭގެ ދެކުނުންނެވެ. އައްޑު އަތޮޅު ހިތަދުއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެއަށް ފަހު ވިއްސާރަ ރާއްޖޭގެ އުތުރަށް ދަތުރު ކުރަމުން ގޮސް މިހާރު ވަނީ ބާރު ކެނޑެން ފަށާފައެވެ.
އޮﷲިޝަލް ވިދާޅުވި ގޮތުގައި މިހާރު ބޮޑަށް ވިއްސާރަ ވާނީ މެދު ރާއްޖެ ތެރެއަށާއި، އުތުރަށެވެ. އެހެންނަމަވެސް ދެކުނަށް ވިއްސާރައިގެ އަސަރު ކުރުމަކީ ދުރުކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.