
އައްޑޫ ސިޓީގެ އިތުރު ދެ ސަރަހައްދެއްގައި މިއަދު ސީސީޓީވީ ކެމެރާ ހަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި ދެ ސަރަހައްދުގައި ކެމެރޭ ހަރުކުރުމުން އެ ސިޓީގެ 4 ސަރަހައްދެއްގައި މިހާތަނަށް ކެމެރާ ހަރުކުރެވުނީ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެ 4 ސަރަހައްދުގައި ފުހުންގެ 8 ސީސީޓީވީ ކެމެރާ މިހާރު އޮޕަރޭޓު ކުރެވެމުންދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ކުރިއަށްއޮތްތާގައި ވެސް އިތުރު ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމަށެވެ. އައްޑޫސިޓީއަކީ މާލެ ފިޔަވައި ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަހައްދެވެ.
އައްޑޫގެ މަގުތައް އަމާން ތަންތަނަށް ހެދުމާއި މީހުންގެ މުދަލާއި ގެދޮރު ރައްކާތެރި ކުރުމަށް ފުލުހުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.