
އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީއަށް ދިޔަ މުދާއުފުލާ ބޯޓެއް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިންޑިއާއިން ފުރައިގެން އައްޑޫ ސިޓީއަށް މުދާ ހިފައިގެން އަންނަ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި އައްޑޫ ސިޓީ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނާއި ފާރަގެމަ ގުޅިގެން ކަސްޓަމްސްގެ އެހީތެރިކަމާއެކު މެއި 25 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި މިތަކެތި ހޯދާފައިވަނީ އިންޑިއާއިން މުދާ ހިފައިގެން އައްޑޫ ސިޓީއަށް އައި ބޯޓެއް ބަލައިފާސްކޮށެވެ.
މި އޮޕަރޭޝަނުގައި ފާރަ ބޭނުންކޮށްގެން އެބޯޓް ބަލައިފާސްކޮށްފައިވާއިރު އެބޯޓުގެ އިންޖީން ރޫމްތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 ގްރާމުގެ ބޮޑު ރަބަރު ގަނޑެއް ފެނިފައިވެއެވެ.
މި މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.