ދިހަ ހާސް ރުފިޔާއަށްވުރެ މަދުން ލިބޭ މީހުންގެ މުސާރައިން ކެނޑިގެން ނުވާނެ: މިނިސްޓަރ އަމީރު

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކޮށް މުސާރައިން ބޮޑު ޕަސެންޓެއް ކަނޑަމުންދާތީ އެކަމަށް ފިނޭންސް މިނިސްޓަރުގެ ބަސް ވިދާޅުވެއްޖެއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ސްޓިމިއުލަސް ޕެކޭޖުގެ އެންމެ ބޮޑު ޝަރުތަކީ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުން ކަމަށެވެ. ދިވެހިން ވަޒީފާއިން ކަނޑާ އެގޮތަށް ހަދާކުންފުނިތަކަށް އެޕެކޭޖުގެ ތެރެއިން ލޯން ނުލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުވައްޒަފުންގެ މުސާރައިން ކެންޑިޔަސް ދިހަހާހަށްވުރެ މަދުން ލިބޭ މީހުންގެ މުސާރައިން ކެނޑިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ވިސްނުމަކީ ދިހަ ހާސް ރުފިޔާއަށްވުރެ މަދުން ލިބޭ މީހެއްގެ މުސާރައިން ކެނޑިގެން ނުވާނެޔޭ،" މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ސާޅީސް ނުވަތަ ފަންސާސް ހާސް ރުފިގެ މުސާރަ ލިބޭ މީހުންގެ މުސާރަ ކުޑަ ކުރުމާމެދު މަޝްވަރާ ކުރުމަކީ ކުންފުނިތަކުގެ ވިޔަފާރީގެ ނިންމުމެއް ކަމަށާއި އެފަދަ ކަންކަން އެއީ އެކުފުނީގެ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.