ކޮވިޑް-19 ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ބައްގެ ނަތީޖާ އެމީހުންނަށް އެންގުމަކާ ނުލައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މީޑިއާއާ ޙިއްސާކޮށްފިއެވެ.
މިއަދު މެންދުރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮވިޑް-19 އާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅުއްވައިފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެފައި ވަނީ ނަތީޖާ ނުލިބޭ ސާމްޕަލެއް ނެތްކަމަށެވެ. އެހެންކަމުން ކުރިން ނަތިޖާ ނުލިބި ހުރިހާ ސާމްޕަލެއް ވާނީ ނެގެޓިވް ވެފައެވެ.
އާފަތިހަށް މަޢުލޫމާތުދެމުން ޑައިރެކްޓް ކޮންޓެކްޓް ވީ މީހަކު ކިޔައިދިން ގޮތުގައި އެމީހުންގެ ނަތީޖާ ނެގެޓިވްވިކަން އެނގުނީ ޕްރެސް ކޮންފަރެންސްގައި ހާމަކުރެއްވި މަޢުލޫމާތުންނެވެ. ޕްރެސް ކޮންފްރެންސް ފެށުމުގެ ގަޑިއެއްހާއިރު ކުރިންވެސް އެޗްޕީއޭއަށް ގުޅާ ނަތީޖާއާ ބެހޭގޮތުން ސުވާލު ކުރުމުން ނަތީޖާ ނުލިބޭކަމަށް ބުނިކަމަށް އޭނާ ކިޔައި ދިނެވެ. މިރޭ 7:30 ކަންހާއިރު ގުޅާލުމުންވެސް އޭނާ ބުނީ އަދި އެޗްޕީއޭ އިން ނަތީޖާއާ ބެހޭގޮތުން ވަކި އެއްޗެއް ނާންގާކަމަށެވެ. އޭނާއާއެކު ސާމްޕަލް ނެގި އެހެން މީހުންގެ ނަތީޖާއާ ބެހޭގޮތުންވެސް އެޗް ޕީއޭ އިން ވަކި އެއްޗެއް ނާންގާ ކަމަށް އޭނާ ބުންޏެވެ. ސާމްޕަލް ނެގުމަށްފަހު ހަ ގަޑިއިރާއި 12 ގަޑީއިރާ ދޭތެރޭގައި ނަތީޖާ ލިބޭނެ ކަމަށް ބުނިކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންގެ ގައިން ނެގި ސާމްޕަލްގެ ނަތީޖާ އެއީ އަޅުގަނޑުމެންގެ ޙައްޤެއް ނޫންތޯ. އެންމެ ފުރަތަމަ އެނަތީޖާ އެނގެންޖެހޭނީ އަޅުގަނޑުމެންނަށްނޫންތޯ. އޭގެފަހުން މީޑިއާއަށް ވެސް ހާމަކުރަން ޖެހޭނީ" ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުމާ އެކު އެމީހާ ބުންޏެވެ.
ނެގެޓިވް ވާ މީހުންނަށް ވަކިން ގުޅައިގެން އެންގުމުގެ އުޞޫލެއް ނޯވޭތޯ ދަންނަވާލުމުން މަބްރޫކް ވިދާޅުވީ، ނަތީޖާ އެންގުމުމުގެ ކަންކަމަކީ އައިޖީއެމްއެޗުން ކުރަމުންދާ ކަމެއް ކަމަށެވެ. އާއްމުގޮތެއްގައި ނަތީޖާ އަންގާނީ މެސެޖަކުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޑައިރެކްޓް ކޮންޓެކްޓްވެގެން ސާމްޕަލް ނެގިމީހާ ބުނީ އޭނާއާއި އޭނާ އާއެކު ކަރަންޓީން ވި އެހެން މީހުން ވެސް އަދިވެސް ތިބީ ކަރަންޓީން ފެސިލިޓީގައި ކަމަށެވެ.ދެހަފާތާއަށް ކަރަންޓީން ކުރުމަށްފަހު ނަތީޖާ ނެގެޓިވެ މުއްދަތު ހަމާވާ މީހުންނަށް ކަރަންޓީން ނިމުމަކަށް ގެނެވެނީ ވެސް ނެގެޓިވް ވިކަމާއި ދެން ހަދަންޖެހޭ ގޮތެއް އެންގުމުން ކަމަށް އޭނާ ބުންޏެވެ.
"ކަރަންޓީންވީއްސުރެ އަޅުގަނޑުމެން މިތިބެން ޖެހެނީ ހާސްކަމެއްގެ ތެރޭގައި، ހަމަ އެހާސްކަން އާއިލާގެ މީހުންނަށް ވެސް އޮންނާނެ. އަދި ސާމްޕަލް ނަގައިގެން ނަތީޖާ އަންނާނެ ގޮތަކާ މެދު ހުންނަންޖެހެނީ ވަރަށް ހާސްކަންމަތީގައި. މިގޮތަށް ހުންނަންޖެހޭ މީހަކަށް އިހްސާސްކުރެވެނީ މީކިހާވަރެއްގެ ކަމެއްކަން. މިހާރު އަހަރެމެން ފެނުނީމާ މީހުން ބިރުވެސް ގަންނާނެ. ކުއްލިއަކަށް ނުކުމެ މީހުންނާ ކުރިމަތީލާކަށް ވެސް ނުކުރޭނެ. އަހަރެމެން ކަރަންޓީނުން ނުކުންނަ އިރު މީހުންގެ ތެރޭގައި އުޅުން ރައްކާތެރި ބައެކަން އެނގޭކަހަލަ ލިޔުމެއްވެސް ދިނުން މުހިންމު" އޭނާ ގެ އިޙްސާސްތައް ހާމަކުރަމުން ބުންޏެވެ.
Bala negative kaleyney meehunge thereyakah nukunnakah nujehey.. geyga thibeyshey dhw ekiyanee...
HAadha hevvaa vaahakasves mediavetin liye ulheyey...mee majaa kulhivarugadeh kamah heekuraabayakuviyyaa thanthanah nudhuve thibiyyaa kihinehvaanee...
Maa kanthah bodukuraneee shakku baleege alaamaaiy thihunnaneee. Nafsaanee doc ehge ehee hoadhun budhiveri thithanun nukumegen.
ކޮބާތަމައްސަލައަކީ؟ ސަރުކާރުން ބޮޑުހަރަދެއްކޮށްފަ ކަލޭމެންނަށް ކާންދީ ބަލަހައްޓާކަމަށްޓަކައި ޝުކުރުކޮށްބަލަ. ހައްގުތައްހުންނާނެ އެންމެންވެވެސް
Kihineiy engenee kaandhey kameh?