
ރާއްޖެއިން ކޮވިޑް ޖެހުނު އިތުރު މީހަކު އެބަލިން ފަސޭހަ ވެއްޖެއެވެ. އެކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސްގައި ޑރ. މުޙައްމަދު އަލީއެވެ.
އޭމީހާއަށް އެބަލިން ޝިފާ ލިބުމުން ކޮވިޑް-19 މިހާރު ފަރުވާ ދެމުން ގެންދަނީ 4 މީހަކަށެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނީ 13 މީހަކަށެވެ.