ކޮވިޑް-19: ރަންދެލި ރިސޯޓުން މީހެއްގެ ސާމްޕަލް ނަގައި، އެރަށް ބަންދުކޮށްފި

ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއް ޖެއެވެ.

މި ފަދަ އަލާމާތެއް ފެނިއްޖެ ނަމަ އެމީހެއްގެ ސާމްޕަލް ނެގުމަށްފަހު އެރަށެއް ނުވެތަ ރިސޯޓެއް މޮނިޓަރިންނަށް ވަގުތީގޮތުން ބަންދު ކުރެއްވެއެވެ. މިއީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ކުރެވޭ ކަމެއް ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ.

އެ ސާމްޕަލްގެ ނަތީޖާ ލިބެންދެން އެރިސޯޓުވަނީ ބަންދު ކުރެވިފައެވެ. ރާއްޖެއިން މިހާތަނަށް ވަނީ ބަލިޖެހިފައިވާ 13 މީހުން ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. ވިލިވަރުގައި ކަރަންޓީން ކުރެވިފައި ތިބީ 25 މީހުންނެވެ. ފަރުކޮޅުގައި ވަނީ 15 މީހަކު އެކަހެރި ކުރެވިފައެވެ. 57 މީހުން ވަނީ އެޗުއައިއެޗުގައި ކަރަންޓީން ކުރެވިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.