
އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދެމުން ގެންދާ މަރުކަޒީ އިންޖީނުގެއަށް އަލަށް ގެނައި ދެ އިންޖީނު ކަރަންޓު ވިއުގަޔާ ގުޅާލުމަށްޓަކައި މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަރަންޓު ކަނޑާލެވޭނެ ކަމަށް އައްޑޫ ފެނަކަ އޮފީހުން އަންގައިފިއެވެ.
ފެނަކައިން ވިދާޅުވެފައިވަނީ މި ދެ އިންޖީނު ކަރަންޓު ވިއުގަޔާ ގުޅާލުމުގެ އިތުރުން ޕެނަލް އަޕްގުރޭޑު ކުރުމުގެ މަސައްކަތް ވެސް އެވަގުތު ކުރިއަށްދާނެ ކަމަށެވެ. އިތުރު އެއްވެސް މައްސަލައެއް ދިމާނުވެ ރާވައިފައިވާ ގޮތަށް ކަންތައް ދާކަމަށްވާނަމަ ކަނޑައެޅިފައިވާ ވަގުތަށްފަހު ކަރަންޓު އަލުން ދޫކުރެވޭނެ ކަމަށް ވެސް ފެނައިން ވިދާޅުވިއެވެ.
މި މަސައްކަތް ކުރަމުންދާ ވަގުތު ރައްޔިތުންނަށް ދިމާވާ ދަތިކަމަށް ވަރަށް ބޮޑަށް މާފަށް އެދޭ ކަމަށް ވެސް ފެނަކައިން ވިދާޅުވެފައިވެއެވެ.