ކުރިއަށްއޮތް ދެ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާޠިލުވާ މީހުން އަލުން ރަޖިސްޓަރީ ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 4 ވަނަ ދުވަހުއެވެ.
މިކަމާގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި، ޖަލުތަކާއި، ރާއްޖެއިން ބޭރުގައި ވޯޓު ލުމަށްޓަކައި ބަހައްޓާ ފޮށިތަކަށް، ކަނޑައަޅައިފައިވާ ޢަދަދަށް ވުރެން ރަޖިސްޓްރީވެފައިވާތީ އެފަދަ ވޯޓުފޮށިތައް ނުބަހައްޓާ ގޮތަށް ހަމަޖައްސަވައިފި ކަމަށެވެ.
އެފަދަ ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތުވަނީ މާރިޗު 7 ގެ ނިޔަލަށް ހުޅުވާލައްވައިފިއެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އީސީން ވިދާޅުވިއެވެ.
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" މެދުވެރިކޮށް ކަމަށް ވެސް އީސޫން ހާމަކޮށްފައިވެއެވެ. އެ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާ، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައެވެ. މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ސްކޫލުގައި ކަމަށް ވެސް އީސީން ވިދާޅުވެފައިވެފައިވެއެވެ.
ރަޖިސްޓަރީ ކުރުން އޮންނާނީ 2020 މާރިޗު 6 ވާ ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް އަދި 2020 މާރިޗު 7 ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ.
ރާއްޖެއިންބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރާއްޖެއިންބޭރު ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު އެގައުމެއްގެ ގަޑިން 10:00 އިން ހަވީރު 03:00 އަށެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށް ވެސް އީސީން ކުރައްވާފައިވާ އިޢުލާނުގައި ވެއެވެ.
| ވޯޓުފޮށީގެ ނަން | ރަށުގެ ނަން | އަތޮޅު | ފޮށީގެ ކޯޑު |
| ޖޭއޭ މަނަފަރު | ހއ. މަނަފަރު | ހއ | Z1.1 |
| ޖޭ.ޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ | ށ. ވަގަރު | ށ | Z2.1 |
| ސިއްރުފެންފުށި | ށ. ގާކޮށިބީ | ށ | Z3.1 |
| ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް | ނ. މެދަފުށި | ނ | Z4.1 |
| ކުޑަފުށި ރިސޯޓް އެންޑް ސްޕާ | ރ. ކުޑަފުށި | ރ | Z6.1 |
| ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ | ރ. ފުރަވެރި | ރ | Z8.1 |
| ރީތި ފަރު ރިސޯޓް | ރ. ފިލައިދޫ | ރ | Z9.1 |
| ފާރުފުށި މޯލްޑިވްސް | ރ. ފާރުފުށި | ރ | Z11.1 |
| އަނަންތަރާ ކިހާވަށް ވިލާސް | ބ. ކިހާވަށް ހުރަވަޅި | ބ | Z13.1 |
| މިލައިދޫ އައިލެންޑް މޯލްޑިވްސް | ބ. މިލައިދޫ | ބ | Z14.1 |
| ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ | ބ. ހޮރަބަދޫ | ބ | Z15.1 |
| ފިނޮޅު ބާ އެޓޯލް މޯލްޑިވްސް | ބ. ކަނިފުށި | ބ | Z17.1 |
| ކޮކޯ ޕާމް ދުނިކޮޅު | ބ. ދުނިކޮޅު | ބ | Z18.1 |
| ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް | ބ. މިރިއަންދޫ | ބ | Z19.1 |
| ކުރެއްދޫ އައިލެންޑް ރިސޯޓް | ޅ. ކުރެއްދޫ | ޅ | Z20.1 |
| އިންނަހުރާ މޯލްޑިވްސް ރިސޯޓް | ޅ. އިންނަހުރާ | ޅ | Z22.1 |
| ކޮކޫން މޯލްޑިވްސް | ޅ. އޫކޮޅު ފިނޮޅު | ޅ | Z23.1 |
| ގްރޭންޑް ޕާކް ކޮދިއްޕަރު މޯލްޑިވްސް | ކ. ކޮދިއްޕަރު | ކ | Z29.1 |
| އަނަންތަރާ ދިގު ރިސޯޓް | ކ. ދިގުފިނޮޅު | ކ | Z32.1 |
| އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސް | ކ. އޮޅުވެލި | ކ | Z33.1 |
| ރިހިވެލި | ކ. މަހާނައެޅި ހުރާ | ކ | Z37.1 |
| ގިލި ލަންކަންފުށި | ކ. ލަންކަންފުށި | ކ | Z39.1 |
| ކޮކޯ ބޮޑުހިތި | ކ. ބޮޑުހިތި | ކ | Z40.1 |
| ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ | އދ. ނަލަގުރައިދޫ | އދ | Z45.1 |
| ލަކްސް ސައުތު އަރިއެޓޯލް މޯލްޑިވްސް | އދ. ދިއްދޫފިނޮޅު | އދ | Z46.1 |
| ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ | އދ. ދިއްފުށި | އދ | Z47.1 |
| ސެންޓަރަ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ | އދ. މައްޗަފުށި | އދ | Z48.1 |
| ބެގްލިއޮނި ރިސޯޓް މޯލްޑިވްސް | ދ. މާގައު | ދ | Z52.1 |
| ތިލަފުށި-1 | ތިލަފުށި | ކ | V1.1 |
| ހުޅުލެ-1 | ހުޅުލެ | ކ | V2.1 |
| ގަން-1 | ގަން | ސ | V3.1 |
| ދޫނިދޫ ޖަލު-1 | ދޫނިދޫ | ކ | X4.1 |
| ރާއްޖެއިން ބޭރު | |||
| އިންޑިއާ / ނިއު ދިއްލީ - 1 | ނިއު ދިއްލީ | އިންޑިއާ | W1.2 |
| ސިންގަޕޫރު-1 | ސިންގަޕޫރު | ސިންގަޕޫރު | W5.1 |
| ތައިލެންޑް-1 | ތައިލެންޑް | ތައިލެންޑް | W6.1 |
| ބަންގްލަދޭޝް-1 | ބަންގްލަދޭޝް | ބަންގްލަދޭޝް | W7.1 |
