
އައްޑޫސީޓީގައި ބީޗު ހެދުމަށް ހަމަޖައްސާފައިވާ ސަރަޙައްދުތަކުގެ އޮޕަރޭޝަންސް އެނަލިސިސް އާއި އީއައިއޭ ހަދަން ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ. ބީޗު ހަދަން ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ތެރެއިން ގައުކެންޑި ބުރިޖު ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވަނީ 200 މީޓަރުގެ ބީޗެކެވެ. އޭގެ އިތުރުން ހިތަދުއާއި، މީދުއާއި، ހުޅުދޫގައި ޓޫރިސްޓު ޒޯންތަކަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތައް ހިމެނެއެވެ. އެ ސަރަހައްދު ތަކުގައި އޮޕަރޭޝަންސް އެނަލިސިސްއާއި އީއައިއޭ ހެދުމަށް ހަވާލުކޮށްފައިވަނީ އޮމްނީ ސޮލިއުޝަންސް އާއެވެ.
މީގެ އިތުރުން ފޭދޫ ސްވިމިން ޓްރެކް ސަރަހައްދު ފުންކުރުމަށް އެސަރަހައްދުގެ އީއައިއޭ ހެދުމަށް ވެސް އޮމްނީ ސޮލިއުޝަންއާ އެކު އައްޑޫ ސިޓީކައުންސިލުން އިއްޔެވަނީ އެބަސްވުމުގައި ސޮއިކޮށްފައެވެ.