އޭއީއެޗުގައި އެމްއާރުއައި މެޝިން ބަހައްޓައި ޓެސްޓް މަރުހަލާ ފަށައިފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގައި އެމްއާރުއައި މެޝިން ބަހައްޓައި ޓެސްޓް ކުރުމުގެ މަރުހަލާ ފަށައިފިއެވެ.

ޓެސްޓު ކުރުމަށްފަހު މާގިނަ ދުވަސްތަކެއް ނުވެ އާއްމުކޮށް ޚިދުމަތްދޭން ފަށާނެ ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ބެހެއްޓި ފުރަތަމަ އެމްއާރުއައި މެޝިނެވެ. އައްޑޫގައި އެމްއާރުއައިގެ ޚިދުމަތް ދޭން ފެށުމުން އެކްސިޑެންޓުތަކާއި އެހެނިގެން ކަމުގައި އަންނަ މީހުން އެމްއާރުއައި ހަދަން މާލެ ފޮނުވާކަމަށް ނުޖެހޭނެއެވެ.

އައްޑޫސިޓީއަކީ ނިސްބަތުން ގިނަ އެކްސިޑެންޓުތައް ހިނގާ ތަނަކަށްވާތީ އެކްސިޑެންޓުގައި އަނިޔާވާ މީހުންގެ ޙާލަތު ދެނެގަތުމަށް ސިޓީސްކޭންއާއި، އެމްއާރުއައި ހެދުމަށް ފޮނުވަންޖެހެނީ މާލެއަށެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބެހެއްޓީ އެމްއާރުއައި މެޝިނަކީ އެންމެޒަމާނީ ފެންވަރުގެ މެޝިނެކެވެ.

  އެމްއާރުއައި ޚިދުމަތުގެ އިތުރުން ސީޓީ ސްކޭންހެ ޚިދުމަތް ފެށުމަށް ވެސް ހޮސްޕިޓަލުން ގެންދަނީ ތައްޔާރުވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. އައްޑޫމީހުން ނަޝީދުއަށް ތާއީދުކުރަނީ އައްޑޫގައި ކޮންވެންޝަން ސެންޓަރެއް އަޅާދީފައިވާތީއެވެ. އެއްގޮތަކަށްވެސް އެތަނުން އައްޑޫ ރައްޔިތުންނަށް ކުރާނެ މަންފާއަކާއި މެދު ވިސްނާފައެއްނޫނެވެ. މިއާއި ޚިލާފަތް ޔާމީނު ނިންމެވީ ކޮންވެންޝަން ސެންޓަރުން އައްޑޫގެ އިތުރުން ދައުލަތައް މަންފާއެއް ނުލިބި ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް އެތަން ބަލަހައްޓަން ކުރަންޖެހުމަކީ ބޭކާރު ކަމެއްކަމުގައި ދެކި، އެތަން އެންމެ ފުރިހަމަގޮތުގައި އައްޑުއަތޮޅު ރައްޔިތުންނަށް ބޭނުންކުރެވޭނީ ޒަމާނީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުންކަމުގައި ދެކެ، އެތަންއެވަނީ ޒަމާނީ ވަސީލަތްތަކާއެކު ބިނާކޮށްފައެވެ. ނަތީޖާއަކީ ދައުލަތަށް މާލީގޮތުން ގިނަގުނަ ފައިދާއާއި ލާބަލިބިގެން ދިއުމެވެ. މިދެންނެވީ އާދައިގެ ކަންކަމުގައި އާސަންދާގެ ދަށުން މާލެފޮނުވަން ޖެހޭމީހުންގެ ނިސްބަތް ބޮޑުތަނުން މަދުވުމުން އެކަމުން ދައުލަތަށް ބޮޑު ލުޔެއްލިބޭނެތީއެވެ. އިގްތިސާދީ މާހިރުންނޭ ކިޔަނީ މިފަދަ ނިންމުން ނިންމަން ކެރޭ މީހުންނަށެވެ. ގޮޑިދުއްވާ މީހުނަށް ކިޔަނީ ނާޗަރަންގީ ކުޅޭމީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.