މީހުން ޙައްޖަށް ގެންދިއުމަށް ފަނަރަ ކުންފުންޏަކުން ބިޑު ހުށަހަޅައިފި

1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ކުންފުނިތަކުން ބިޑު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 15 ކުންފުންޏަކުން ބިޑު ހުށަހަޅައިފިއެވެ.

އިސްލީމިކް އެފެއާޒު މިނިސްޓްރީން ވިދާޅުވީ މިއަދުވަނީ ބިޑު ހުށަހެޅުމާއި ބަލައިގަތުން ކުރިއަށް ގެންގޮސްފައި ކަމަށެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހެޅި 15 ކުންފުނީގެ ތެރެއިން ހޮވުމަށް ހަމަޖެހިފައިވަނީ 4 ކުންފުނި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިދިޔަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް 6 ޖަމާޢަތަކަށް ހުއްދަ ދެއްވިއެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޙައްޖުކޯޕަރޭޝަން ލިމިޓެޑް ވެސް ހިމެނެއެވެ. ރާއްޖޭއިން މީހުން ޙައްޖަށް ފޮނުވުމަށްޓަކައި ސަޢުދީން ކޯޓާ ލިބޭ ވަރަކުން ޢަދަދާއި ޖަމާޢަތްތައް އުސޫލުގެ ތެރެއިން ކަނޑައަޅުއްވަނީ އިސްލާމިކް މިނިސްޓްރީންނެވެ.

މިކަންކަން ވީހާވެސް އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.