ނައިޓު ފިޝިންއަށް ދިޔަ ދޯންޏެއް ފަރަކަށް އަރައިފި

ދޯނި މިހާރުވަނީ ފުން ކުރެވިފައި

ތިން އަންހެނުންނާއި ހަ ފިރިހެނުންނާއެކު ނައިޓުފިޝިންއަށް ދިޔަ ދޯންޏެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެދޯނީ އަރައިފައިވަނީ ކޮއްދިއްޕަރު ފަރަށް ކަމަށެވެ. މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ 22:30 ގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިއީ 65 ފޫޓުގެ ދޯންޏެކެވެ. އެންދެރި ނަކަމަށް ކިޔާ އެދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަނަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ކޯސްޓުގާޑުން މިހާރު ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.

ސިފައިން ދެންމެ ވިދާޅުވީ 23:40 އެހައިކަންހާއިރު ދޯނި ފުންވެއްޖެ ކަމަށެވެ. ދޯނީގައި ތިބި އެންމެންގެ ހާލުރަނގަޅި ކަމަށާއި ދޯންޏަށް ވެސް އިތުރު ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ދޯނި މިހާރު ދަނީ މާލެއަށް ދަތުރުކުރަމުންނެވެ. ދޯންޏާއެކު ކޯސްޓްގާޑުގެ ލޯންޗެއް ދަތުރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.