
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދ. ރިނބިދުއަށް ވަޑައިގެންފިއެވެ. އެމަނިކުފާނު މިއަދު ހަވީރު އެރަށަށް ވަޑައިގެންނެވުމުން ވަނީ ވަރަށް ހޫނުމަރުބާއެއް އެމަނިކުފާނަށް ދަންނަވައިފައެވެ.
މިދަތުރުފުޅަކީ އެރަށު ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމެވެ. އެޖަލްސާ އޮންނާނީ މިރެއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ރިނބިދޫ ސަގާފީ މަގު ހުޅުއްވައިދެއްވާނެއެވެ. ރައީސް އެރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ސްކޫލަށް ވަޑައިގެންނެވީ ހަތްކޮޅުގައެވެ.
އެރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 580 މީހުންނެވެ. ސުނާމީގައި އެރަށަށް ލިބުނު ގެއްލުމަށްފަހު ގިނަބަޔަކު ކ. ތުލުސްދުއަށް ވަނީ ބަދަލުވެފައެވެ. އެހެންނަމަވެސް ބައެއް މީހުން މިހާރުވަނީ އަލުން އެރަށަށް ބަދަލުވާން ފަށައިފައެވެ.
މިދަތުރުފުޅުގައި އެރަށު ކައުންސިލާއި ކަމުވޮށިވެގެންވާ ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާނެއެވެ. މިދަތުރުފުޅުގައި ސިއްހަތާ ބެހޭ ޚާއްސަ ކެމްޕޭނެއް ވެސް ރައީސް އެރަށުގައި ފަށްޓަވައި ދެއްވާނެއެވެ.