ސަރުކާރުގެ ނިންމުމުގެ ސަބަބުން އެމްއޭސީއެލްއަށް އަހަރަކު 33 މިލިއަން ޑޮލަރުގެ ފައިދާވާނެ: އަމީރު

ސީޕްލޭން ޓަރމިނަލް ކުއްޔަށް ދިނުމާ މެދު ސަރުކާރުން މިހާރު ނިންމަވާފައިވާ ގޮތަށް ބަލާއިރު އަހަރަކު އެމްއޭސީއެލްއަށް 33.7 މިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ އެގޮތަށް ހިނގާތާ ދެއަހަރުފަހުން އަހަރަކު 47.3 މިލިއަންޑޮލަރުގެ ފައިދާއެއް ލިބޭނެ މަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މިމައްސަލާގައި އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ބަޔާނުގައި ވެސް އެއަދަދު ލިބެނެ ކަމަށް ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އެގޮތަށް ނިންމެވުމުން ކުރީ ސަރުކާރުން ވަކި ބަޔަކަށް އެތަން ކުއްޔަށްދޭން ނިންމާފައިވާނި ނިންމެވުން ހުއްޓުމަކަށް އައީ ކަމަށެވެ. ކުރީ ސަރުކާރުން އެތަން ކުއްޔަށް ދޭން ރާވާފައިވާ ގޮތަށް ކުރިއަށް ގެންދިޔަނަމަ އެތަނުން އެމްއޭސީއެލްއަށް ލިބޭނީ 5.7 މިލިއަން އެމެރިކާ ޑޮލަރު ކަމަށް އޮޑިޓަރޖެނެރަލްގެ ރިޕޯޓުގައި ވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ކުރެއްވި ކަމަކީ އެއަދަ 33 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ގޮތް ހެއްދެވުން ކަމަށް އަމީރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ނިންމަވާފައިވަނީ ޓީއެމްއޭއަށް އެތަން ދެއްވުމަށެވެ. އެގޮތަށް ހެދުމުން މުޅިޓަރމިނަލްގެ އޮޕަރޭޝަންސްއާ އެމްއޭސީއެލް ހަވާލުވުމަށް ވާންޖެހޭ ތައްޔާރީތައް ވާން ވަގުތު ލިބި ތައްޔާރުވުވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ކުރީ ސަރުކާރުން ވަކި ބަޔަކަށް އެތަން ދޭން މަސައްކަތް ކުރައްވާފައިވާތީ އެމައްސަލަތައް އޭސީސީ ފަދަ މުއައްސަސާ ތަކުން ބަލަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.