
ފަނައަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ރޭ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެޙާދިސާ ހިނގާފައިވާ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން ގައި ކަމަށެވެ. އެޑިވިޝަންގައި ހިމެނޭ އަތޮޅުތަކަކީ ކ އަތޮޅާއި، އއ. އަތޮޅާއި އދ. އާއި، ވ. އަތޮޅެވެ. މިކަން ހިނގާފައިވަނީ މިއަތޮޅުތަކުގެ ތެރެއިން ކޮންމެވެސް އެއް އަތޮޅެއްގެ ރަށެއްގައެވެ.
މި މައްސަލައާ ބެހޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ދެއްވާފައެއް ނުވެއެވެ. އަދި މީހަކު ބަންދު ކުރިކަމެއް ވެސް ނުކުރާ ކަމެއް ވިދާޅެއް ނުވެއެވެ. މިދުވަސްވަރަކީ މިފަދަ މައްސަލަތައް ގިނައިން ތިލަވާ ދުވަސްވަރެކެވެ.
މިމައްސަލަ ބެލުމަށް ފުލުހުންގެ ބޮޑު ޓީމެއް އެރަށް ރޭ ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕު ކުރުންފަދަ ކަންކަން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ދާއިރާ ތަކުންގެންދަނީ މަސައްކަތް ކުރަމުންނެވެ.