
ދީނީ ޢިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނެވުން މަޑު ޖައްސަވައިލައްވައިފި ކަމަށް ޔޫތު މިނިސްޓަރ އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ޑރ. ފިލިޕްސް ރާއްޖެ ގެންނެވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ނާއިބު ރައީސާ އީވާ ޢަބްދުﷲ ވަނީ ދެކޮޅު ހައްދަވައިފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އޭނާ ރާއްޖެ ގެންނަވަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެކަމާ ދެކޮޅު ހައްދަވާ ބޭފުޅުންގެ ތެރޭގައި މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ ވެސް ހިމެނިވަޑައިގަންނަވައެވެ.
"އުފައްދަމުންދާ ސުވާލުތަކާއި އަދި ކަންބޮޑުވުންތަކާ ގުޅިގެން ކަމާގުޅޭ ބައެއް އިތުރު އިދާރާތަކުގެ ލަފާ ހޯދުމަށް ޝައިޚް ޑރ. ބިލާލް ފިލިޕްސް ގެ އިވެންޓް މަޑުޖައްސާލައިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ޙިއްސާކުރަން،" މިނިސްޓަރ މަހުލޫފު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ކުރިން ހަމަޖެހިފައި ވަނީ މާރިޗު 12 ވަނަ ދުވަހު ޑރ. ފިލިޕް ރާއްޖެ ވަޑައިގަންނަވާ ގޮތަށެވެ.
TMA massalaiga meehun adugadha kuran hedheema focus gelluvaalan kulhey siyaasee game.Vaa iyahoodhi baeh