ޤާސިމް މެރިކަމަށް އަދުހަމް އިންކާރު ކުރިޔަސް، ދަޢުވާ ސާބިތު ކުރެވޭ ވަރަށް ހެކި ހުންނާނެ: ފުލުހުން

އޭނާއަށް މަސްތުވާތަކެތި ގަނެފައިދިން ކަމަށް ބުނާބުނުމަކީ ޙަޤީޤަތެއް ނޫން: ފުލުހުން

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި ކަމަށް ޝަރީޢަތުގެ މަޖިލީހުގައި އަދުހަމް މުޙައްމަދު މިހާރު އިންކާރު ކުރިޔަސް އޭނާގެ މައްޗަށް ކުށްސާބިތު ކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ހުންނާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެންވިދާޅުވީ ޤާސިމް މަރާލި ކަމަށް ކުރިން އެއްބަސްވީ މަސްތުގެ ޙާލުގައި ހުރެގެން ކަމަށް ޝަރީޢަތުގެ މަޖިލީހުގައި އަދުހަމު ބުނުމުންނެވެ. އޭނާ ބުނީ ފުލުހުންވަނީ އޭނާއަށް މަސްތުވާތަކެތި ގަނެދީފައި ކަމަށެވެ. އެހެންނަމަވެސް ފުލުހުން ވިދާޅުވީ އަދުހަމުގެ އެބުނުމަކީ އެއްވެސް އަސްލެއްނެތް ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

"ފުލުހުން އަދުހަމަށް މަސްތުވާތަކެތި ގަނެފައިދިން ކަމަށް ބުނެ އަދުހަމް ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް،" ފުލުން ވިދާޅުވިއެވެ.

މި މައްސަލާގައި ދައުލަތުގެ ޕްރޮސެކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވެސް ވިދާޅުވެފައިވަނީ އަދުހަމް، ޤާސިމް މެރިކަން ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ޝަރީޢަތަށް ސާބިތު ކޮށްދެއްވާނެ ކަމަށެވެ. އަދުހަމަވަނީ އޭނާގެ މައްޗަށް އުފުލާފައިވާ މީހަކުމެރުމުގެ މުޅި ދަޢުވާއަށް ވެސް އިންކާރުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.