
ދ. އަތޮޅު މީދޫގައި ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ އެމީހާ މަރުވެފައި އޮއްވައި ފެނިފައިވަނީ މޫދުން ކަމަށެވެ. އެއީ އުމުރުން 83 އަހަރުގެ މީހެކެވެ.
އެމީހާ ގެއްލިގެން ހޯދަންފެށީ މެންދުރު ނަމާދަށް ދިޔަގޮތަށް އެނބުރި ގެއަށް ނައުމުންނެވެ. އޭނާ ފެނިފައިވަނީ ނާމަދަށް ދިޔަގޮތަށް ގެއަށް ނައިސްގެން އާއިލާގެ ފަރާތުން ހޯދަމުން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މޫދުން އޭނާ ފެނިގެން ގެންދިޔައީ އެރަށު ސިއްހީމަރުކަޒަށެވެ. ސިއްހީމަރުކަޒުގެ ޑޮކްޓަރުން އޭނާ ބެއްލެވުމަށްފަހު ވިދާޅުވެފައިވަނީ އެތަނަށް ގަނައިއިރުވެސް މަރުވެފައިވާ ކަމަށެވެ.
މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 1:30 އެހައިކަންހާއިރު އެވެ. ފުލުހުން ގެންދަވަނީ މިކަމާގުޅިގެން ބައްލަވަންޖެހޭ ކަންކަން ބައްލަވަމުންނެވެ.