އޭއައިއޭގައި ހިމެނޭ އެސްޓީއޯގެ ހިއްސާ ދޫކޮށްލައިފި

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓް (އޭއައިއޭ) ގައި ހިމެނޭ އެސްޓީއޯގެ ހިއްސާ އެކުންފުނީން ދޫކޮށްލައްވައިފިއެވެ.

އޭއައިއޭގައި ހިމެނޭ އެސްޓީއޯގެ އެންމެހާ ހިއްސާއެއްވަނީ އެކުންފުނީގެ މައިހިއްސާދާރު ކަމަށްވާ ދިވެހިސަރުކާރުގެ ނަމަށް ބަދަލު ކުރުމަށް ނިންމަވައިފިއެވެ. އޭއައިއޭގައި ހިމެނޭ އެސްޓީއޯގެ ހިއްސާ ދިވެހިސަރުކާރަށް ދަލުކުރެވެނީ އެސްޓީއޯގެ ހިސާބތަކުގައިހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށް ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ.

އޭއައިއޭގެ ހިއްސާ އޮންނަނީ އެސްޓީއޯގެ އިތުރުން ދިވެހި ދައުލަތާއި، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުގައެވެ. އެ ކުންފުންޏަކީ 2011 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ލިމިޓެޑު ލަޔަބިލިޓީ ކުންފުންޏެއް ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވެފައިވއެވެ.   ކަމަށެވެ.

އޭއައިއޭގައި  އެސްޓީއޯ ހިއްސާ އެކުލެވިގެންވާ ނިސްބަތަކީ މޫނުމަތީ އަގުގެ 1,000.00 ރުފިޔާގެ 40,000.00 އާންމު ހިއްސާއެވެ. އެކުންފުނީގައި އެސްޓީއޯގެ 10 ޕަސެންޓު ހިއްސާ އޮވެއެވެ. އޭގެ އިތުރުން އެމްއޭސީއެލްގެ ވެސް 10 ޕަސެންޓް ހިއްސާ އޮވެއެވެ. އަދި ޗަމްޕާގެ 30 ޕަސެންޓް ހިއްސާ އޮވެއެވެ. ސަރުކާރުގެ ހިއްސާއަކީ 50 ޕަސެންޓެވެ. އެހެންނަމަވެސް އެސްޓީއޯގެ ހިއްސާ ދޫކޮށްލެއްވުމުން ސަރުކާރުގެ ހިއްސާއަކީ 60 ޕަސެންޓެވެ. އޭއައިއޭގައި އޮންނަ ހިއްސާ ދޫކޮށްލަން ނިންމިކަން އެސްޓީއޯއިން ވަނީ އިއުލާން ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.