
މިއީ އަޅުގަނޑުގެ ކިލާހުގެ ބައެއް ބައިވެރީންގެ ކުޑައިރުގެ ފޮޓޯއެކެވެ.
ނޫކުލައިގެ ގަމީސް ލައިގެން ހުރި ކުއްޖާއަކީ ވަރަށް ބޮޑު ދޮގުވެރިއެކެވެ. އޭނާ ލީޑަރަކަށް ވީ ދޮގުހަދަމުން ދޮގުހަދަމުން ގޮހެވެ. މިހާރު އެއީ ގާނޫނު ހަދަން އެކުލަވާލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ.
ރަތްކުލައިގެ ގަމީސް ލައިގެން ހުރި ކުއްޖާއަކީ ވަރަށް ބޮޑު މަކަރުވެރިއެކެވެ. އޭނާގެ މަސައްކަތަކީ ވިޔަފާރިކުރުމެވެ. މިއަދު އޭނާ ވަނީ ޓެކުހަށް މަކަރު ހަދަމުންހަދަމުން ގޮސް މިލިއަނަރަކަށް ވެފައެވެ.
ރީނދޫކުލައިގެ ގަމީސް ލައިގެން ހުރި ކުއްޖާއަކީ މަސައްކަތަށް މަކަރުހަދާ މީހެކެވެ. އޭނާ އުޅުނީ ސަރުކާރުގައެވެ. ވެރިންނަށް ދޮގު ތާރީފާއި ސަނާކިޔައިގެން އޭނާ ވަނީ ސިވިލްސާވިސްގެ އެންމެ މަތީ ހަރުފަތަށް ދަތުރުކޮށްފައެވެ.
ހުދުކުލައިގެ ގަމީހެއްލައިގެން ހުރީ ވަރަށް ތެދުވެރިކުއްޖެކެވެ. އަބަދުވެސް ހަގީގަތަށް ވާހަކަދައްކާނެއެވެ.
މިދުވަސްކޮޅު ކޮންމެވެސް ބަޔަކު ވަނީ އޭނާގެ ދުލުގައިި ތަޅުއަޅުވާފައެވެ.