މާފުށީގައި ޓިނުން ހަދާފައިހުރި ގުދަނެއްގައި ރޯވެ އަނދައިފި

ގުދަނެއްމާލެ އަތޮޅު މާފުށީގައިހުރި ގުދަނެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:12 އެހައިކަންހާއިރު ކަމަށެވެ. ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ވަނީ އެތަނަށް ގޮސް އަލިފާން ނިއްވާލައިފިއެވެ.

ގުދަނުގެ އަލިފާން ނިއްވުމަށްޓަކައި ސިފައިންގެ އިތުރުން ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ މީހުން ވެސް ބައިވެރިވި ކަމަށް މައުމާތު ލިބިފައިވެއެވެ. ފުލުހުން ވިދާޅުވީ އެތަނަކީ ޓިނުން ހަދާފައިވާ ގުދަނެއް ކަމަށެވެ. އެއީ ކުރިން ކުދިންގެ މަރުކަޒު ހިންގި ސަރަހައްދުގައި ހުރި ގުދަނެކެވެ.

އެއީ ކޮންބައެއްގެ ގުދަނެއް ކަމާއި އެތާގައިހުރީ ކޯޗެއް ކަމެއް އެނގިފައެއް ނުވެއެވެ. އެތަނުގައި ރޯވީ ކަމެއް ރޯކޮށްލީ ކަމެއް ވެސް މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.