ހުޅުމާލޭގައި ފުޓުބޯޅަ ކުޅެން ހުރި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލެ އެއްނަމްބަރު ޓާފުދަނޑުގައި ފުޓުބޯޅަ ކުޅެން ހުރި ބަނގްލަދޭޝަން މީހަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާ ކުޅެން ހުއްޓައި ވެއްޓުނީ ކަމަށެވެ. ވެއްޓުމުން ބަޔަކު މީހުންގެ އަތްދަނޑި މައްޗަށް އެމީހާ ނަގައިގެން އަންނަނިކޮށް ފުލުހުންނަށް ފެނުމުން ފުލުހުންގެ ވެހިކަލެއްގައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިއެވެ. ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މިހާދިސާ ހިނގާފައިވަނީ މިރޭ 8:20 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.