ގެއެއްގެ ހަތްވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ

މާލެސިޓީ، ހެންވޭރުގެ ގެއެއްގެ ހަތްވަނަ ފަންގިފިލާއިން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ ވެއްޓި އަނިޔާވެފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 2:30 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އިމާރާތުން ވެއްޓުނު މީހާއަށް މިހާރު ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.

އެމީހާއަކީ އެއިމާރާތުގައި މަސައްކަތެއް ކުރަންއުޅެނިކޮށްނެވެ. ހަތްވަނަ ފަންގިފިލާއިން އޭނާ ވެއްޓުނީ ފުރަތަމަ ފަންގިފިލާއަށެވެ. ވެއްޓި އޭނާގެ ދޫވަނީ ކަނޑައިގެން ގޮސްފައެވެ. އަދި ބައެއް ތަންތަން ވަނީ މަށައިގެންގޮސްފައެވެ. އިތުރު އަނިޔާއެއް ބޭރުފުށުން ފެންނަންނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދަވާ ކަމަށެވެ. މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް ފުލުހުން ގެންދަނީ ކަމާ ބެހޭ ފަރާތްތަކަށް މިކަންކަން ކަމުގެ މައުލޫމާތު ހިއްސާކޮށް ރަނގަޅު ކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.