އެޑިޓޯރިއަލް: މަގުމަތީގައި އޮރިޔާމުން އުޅުނު އަންހެނަކު ހައްޔަރު ކުރުން ގޯސްތަ؟

މަގުމަތީގައި ދެބައިކުޅަ އެއްބަޔަށް ބަރަހަނާ ހާލުގައި އުޅުނު އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރާން ފުލުހުން ކުރި މަސައްކަތާ މެދު ދެގޮތަކަށް ވާހަކަ ދެކެވެމުން އެބަދެއެވެ. އެއް ބަޔަަކަށް އެކަން ރަނގަޅެވެ. އަނެއް ބަޔަކަށް ނުބައެވެ. އެ ހާދިސާ ހިނގުމާއެކު އަވަސް އަރުވައިލައްވައިގެން ޕޮލިސް ކޮމިޝަނަރު މައާފަށް އެދިވަޑައިގަތުމަކީ ލިބުނު ކުޑަކުޑަ ހައިރާންކަމެކެވެ.

މަންޒަރު އެކި ގޮތްގޮތަށް ބެލީމާ ފާހަގަ ކުރެވުނު ގޮތުގައި އަންހެންމީހާ ހުރީ މަސްތުގެ ހާލަތުގައެވެ.

އެންމެ ފުރަތަމަ ކަމަކަށް އަންހެންމީހާ ބަރަހަނާ ހާލުގައި މަގުމައްޗަށް ނުކުމެގެން ނުވާނެއެވެ. އެއީ މަނާ ކަމެކެވެ. އޭނާ އެހެން ހުރެ ނުކުތް ދެ ސަބަބެއް އޮވެދާނެއެވެ. އެއް ސަބަބަކީ މަސްތުވެފައި ހުރުމެވެ. މަސްތު ވެފައި ހުރުމަކީ ގިނަ ފަހަރަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހާލަތަށް މީހާ ގެންދާ ކަމެކެވެ. އަނެއް ސަބަބަކީ އެއީ މަނާ ކަމެއްކަން އޭނާއަށް ނޭނގި އޮތުމެވެ. ނޭނގި އޮވެއްޖެ ނަމަ އެއީ އޭނާ ހުރި ގެސްޓްހައުސް ނުވަތަ އެނޫންވެސް ތަނެއްގެ ޒިންމާ އަދާ ނުކުރެވުމެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅޭންވާ ގޮތް ފަތުރުވެރިންނަށް ކިޔައި ދިނުމަކީ ކުރާ އަދި ކުރަން ޖެހޭ ކަމެކެވެ. ރިސޯޓުތަކުގައި ފަތުރުވެރިންނަށް މައުލޫމާތުދޭ އިރުވެސް ކުރާ ކަމެކެވެ.

ދެން އޮތީ ހައްޔަރު ކުރި ގޮތުގެ ވާހަކައެވެ. ރަނގަޅުވީހީ އަންހެން ފުލުހުން ލައްވައި ހައްޔަރު ކުރުވި ނަމައެވެ. އެކަމަކު އެ ރަށުގައި އަންހެން ފުލުހަކު ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ދެވަނައަށް އަދި އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ މަސްތުވެފައި ހުންނަ މީހަކު ތަނަކަށް ގެންދާނޭ އުކުޅުތައް ފުލުހުންނަށް އެނގިފައި ނެތުމެވެ. ނުވަތަ އެނގިފައި ހުރި ނަމަވެސް އެ ވަގުތު ބޭނުން ނުކުރިކަމެވެ. އެތަނަށް ދިޔަ ފުލުހުންނަށް އެ ހުނަރު ލިބިފައި ނެތީ ކަމަށް ފެނެއެވެ.

މި މަންޒަރު ފެނުނީމާ މީހުން އުޅޭ ރަށްރަށުގައި ގެސްޓް ހައުސް ހަދައި ޔޫރަޕު މީހުން ގެނެސްގެން އުޅުމުން ނުކުމެދާނޭ ބައެއް ކަހަލަ ނޭދެވޭ ނަތީޖާއާ މެދު ވިސްނައިލުން ރަނގަޅު ކަމަށް ފާހަގަ ކުރެވުނެވެ. ގެސްޓް ހައުސް ހަދައިގެން ހިންގީމާ ޑޮލަރު ލިބޭނޭކަން ގައިމެވެ. އެންމެ މުހިއްމު އެއްޗަކީ ޑޮލަރު ކަމަށް ގަބޫލު ކުރާނަމަ އަންހެންމީހާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު ޑޮލަރު ނޫނަސް ވިސްނައިލާން ޖެހޭ އެހެން ކަންތައްތައް އެބަހުރި ކަމަށް ގަބޫލުކުރާ ނަމަ މިއަދުން ފެށިގެން އެކި ދިމަދިމާއަށް ވިސްނުން ހިންގަން ޖެހޭނެއެވެ. ފައިސާ ހޯދުމަށްޓަކައިވެސް ނުކުރާނޭ ކަންތައްތަކެއް ހުންނާނޭ ކަމަށް ކަނޑައަޅާން ޖެހޭނެއެވެ.

3 ޚިޔާލު

  1. Haadhisaa alifun yaa ah balaalumun e anhenmeehaa hayyaru kuran ulhunu fuluhunge keiytherikamah salute kuraavaru.moya meehaku fuluhun goaskoh
    vaahaka dhekkiyey kiyaafa sikun'di nidhaafa thibi bayaku eyna fahathun halheyhleviyas ran'galhu nubayakah nuvaane

  2. Thikahala kanthakaa hureye aharemen thikamah noonekey eyruves mihaaruves bunanee.thikamakee vaki magsadheh haasilu kurumah bayaku elhi bingaa.dhuvas nagaane thikamuge natheejaa fennan.adhives thikan huttuvan vee.muhimmee thikamun libey laari eh noon.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.