ހިތަދޫގައި ބޭއްވި ނާވިލު ލިޔަން ދަސްކޮށްދޭ މައްސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ހަނދާނީލިޔުން ދެއްވައިފި

އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބޭއްވި ނާވިލު ލިޔަން ދަސްކޮށްދޭ މަސައްކަތު ބައްދަލުވުން ނިންމައި ބައިވެރިންނަށް ސެޓުފިކެޓު ދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ހޮނިހިރު ދުވަހުގެރޭ ހިތަދޫ ސްކޫލުގައެވެ. މި ރަސްމިއްޔާތުގައި ބައިވެރީންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ ޔުމްނާ މައުމޫނެވެ.

މި މަސައްކަތު ބައްދަލުވުމުގައި 35 ފަރާތަކުން ބައިވެރިވެ ހަނދާނީ ލިޔުން ހާސިކޮށްފައި ވެއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ދިވެހިބަހުގެ އެކެޑަމީން އިންތިޒާމު ކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

މިއީ ނާވިލު ލިޔުއްވަން ބޭނުވާ ފަރާތްތަކަށް މޮޅަށް ނާވިލު ލިޔަން ދަސްކޮށްދިނުމުގެ މަގުޞަދުގައި ބޭއްވެވި މަސައްކަތު ބައްދަލުވުމެކެވެ.

މިއީ ދިވެހިބަހުގެ އެކެޑަމީން ބޭއްވި މިފަދަ ދެވަނަ ބައްދަލުވުމެވެ. މީގެ ފުރަތަމަ ބައްދަލުވުން ބޭއްވެވީ މާލޭގައެވެ. މިއީ ލިޔުންތެރިކަމަށް މީހުންގެ ހިތުގައި ޝައުގުވެރިކަން އުފައްދަވައި ނާވިލު ލިޔުންތެރިން އުފެއްދެވުމުގެ މަގުސަދުގައި ބޭއްވެވި ބައްދަލުވުމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.