ތުންޖީނާ ސަލަވާތް ކިޔެވުމަކީ ބޮޑު ނުބަޔެއް: ޑރ. އިޔާ

ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާ ފެށުމުގެ ގޮތުން ތުންޖީނާ ސަލަވާތް ކިޔެވި މައްސަލާގައި ޑރ. އިޔާޒު ފާޑުވިދާޅުވެ ޓުވީޓު ކުރައްވައިފައެވެ.

ޑރ. އިޔާޒު ވިދާޅުވެފައިވަނީ އެއީ ބިދުއައެއް ކަމަށެވެ. ނެތި ގޮސްފައިވާ އެފަދަ ބިދުއައެއް އަލުންގެނައުމަކީ ނުބައެއް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ނެތިގޮސްފައިވާ ބިދުއައެއް އަލުން އިޔާދަކުރުމަކީ ވަރަށްބޮޑު ނުބައި ކަމެއް. ތުންޖީނާ ސަލަވާތަކީ ސުންނަތުން ސާބިތުވާ ސަލަވާތެއް ނޫން. ވީއިރު މިއަދު (އިއްޔެ) މަޖިލިސް ފެށުމުގެ ކުރިން ބޭފުޅަކު ލައްވައި މިކަންކުރުވި ކުރުވުމަކީ ވަރަށްބޮޑު ނުބައެއް،" ޑރ. އިޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޑރ. އިޔާޒަށް ތާއިދު ކުރައްވައި އައްޝައިޚު އަލީ ޒައިދު ވެސް ވަނީ ޓުވީޓު ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ތުންޖީނާ ސަލަވާތަކީ ސުންނަތުން ސާބިތުވާ ސަލަވާތެއް ނޫންކަމަށެވެ.

"މިމައްސަލާގައި ޑރ. އިޔާޒުގެ ބަސްފުޅު ރަނގަޅު. ސައްހަ ސުންނަތަށް އެންމެންވެސް ތަބާވުން މުހިންމު،" އޭނާ ވިދާޅުވެފައިވެއެވެ. އަލީ ޒައިދު ވިދާޅުވެފައިވަނީ ޒިޔާރަތްތަކަށް ނަދުރު ބުނުމާއި މަސްވެރިކަމަށް ކިޔެވުމާއި، ފާލުބެލުމާއި މިއީ ކުރީގެ ބޯދާކަންކަން ކަމަށެވެ. "ހެޔޮގޮތް އެނގުމުން އެގޮތުގައި ހިއްޕަވާ،" އޭނާ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.