ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމައްސަލަ ހުށަހަޅާފައިވަނީ ފެބުރުއަރީ ތިންވަނަ ދުވަހުގެރޭ 7:30 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ފުލުހުން ގެންދަވަނީ މައްސަލަ ބައްލަވަމުންނެވެ.

މިހާދިސާ ހިނގާފައިވަނީ އަޕަނޯތު ޕޮލިސް ޑިވިޝަންގެ ރަށެއްގައެވެ. އެހެންނަމަވެސް އެއީ ކޮން އަތޮޅެއް ކަމެއް ކޮން ރަށެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެ ސަރަހައްދުގައި ހިމެނޭ އަތޮޅުތަކަކީ ހއ. އާއި ހދ. އާއި ށ. އަތޮޅެވެ.

މީގެ އިތުރުން ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން ގެ ރަށެއްގެ މީހަކު އޭނާގެ ދެ ދޮންދަރީންނަށް ޖިންސީގޯނާ ކުރި މައްސަލައަކާއި ނ، ރ، ބ، ޅ، އަތޮޅުތަކުގެ  ތެރެއިން ރަށެއްގައި 2019 ވަނަ އަހަރުން ފެށިގެން އެކިދުވަސްތަކުގެ މަތީން 15 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.