ކޮރޯނާވައިރަސްހުރިތޯ ބަލަން ދެމީހަކު މޮނިޓަރކުރަން ފަށައިފި

ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮރޯނާވައިރަސްހުރިތޯ ބަލަން ދެމީހަކު މޮނިޓަރ ކުރަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅިވެއްޖެއެވެ.

ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ އެދެމީހުން މޮނިޓަރ ކުރަމުންދަނީ ފޮނަދޫގައި ބައިތިއްބައިގެން ކަމަށެވެ. އެ ދެމީހުން ވެސް ބައިތިއްބައިފައިވަނީ ވަކިވަކި ދެ ކޮޓަރިއެއްގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެދެމީހުންގެ ސާމްޕަލްތައް މިހާރުވަނީ ޓެސްޓުކުރަން ރާއްޖެއިން ބޭރަށް ފޮނުވާފައި ކަމަށެވެ. އެދެމީހުންނަކީ ވެސް ދިވެހީން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމީހުންގެ ޓެސްޓުގެ ނަތީޖާ އާދީއްތަދުވަހުގެ ކުރީން ލިބޭނެ ކަމަށް މިހާރު އެނގިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސާމްޕަލްތައް ފޮނުވާފައިވަނީ އިންޑިއާގެ ޕޫނޭއަށް ކަމަށް ވެސް މިނިސްޓަ ވިދާޅުވިއެވެ. މިނިސްޓްރީން މިހާރު ގެންދަނީ ތައިލެންޑަށް ސާމްޕަލް ފޮނުވައިގެން ވެސް މިބައްޔަށް ޓެސްޓު ކުރެވޭތީ ބަލަމުން ގެންދަވާ ކަމަށެވެ.

މި ދެމީހުން ފިޔަވައި އިތުރު މީހަކު މިބައްޔަށް ޝައްކުކުރެވިފައި ނުވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.