ކޮރޯނާ ވައިރަސް ރާއްޖޭގައި ނެތްކަން ކަށަވަރެއްނޫން: ޑރ. ޖަމީލް

ޗައިނާއިން ފެނި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގައި ނެތްކަން ކަށަވަރެއް ނޫންކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ ޕޮލިސީ ފޭލިވުމުން ދިމާވި ކަމެއް ކަމަށާއި އޭގެ ސަބަބުން އެންމެންނަށް ވެސް ނުރައްކާ ވެފައިވާ ކަމަށެވެ. މި ބަލިން ރައްކާތެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ފިޔަވަޅު އަޅައި ނިމިފައި ކަމަށާއި އެހެންނަމަވެސް ރާއްޖެއިން ވަނީ ހަދާނެ ގޮތެއް ނޭނގި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ދުނިޔޭގެ އެކި ގައުމުތަކުން ފިޔަވަޅު އަޅައި ނިމުނުއިރު ވެސް ހަދާނެ ގޮތެއްނެތިފައި. މިބަލި ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ. އަދި މިހާރު މިބަލި ރާއްޖޭގައި ނެތްކަން ކަށަވަރެއްނޫން. ފެއިލްޑް ޕޮލިސީތަކުން އެންމެންނަށް ބޮޑު ނުރައްކަލެއް،" ޖަމީލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މިބަލިޖެހިފައިވާ މީހަކު މިރާއްޖެއިން އަދި ފެނިފައި ނުވާކަމަށެވެ. އެހެންނަމަވެސް ސްކްރީން ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް އިތުރުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.