އައިސަރު ނަސީމު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައި ހުރި އައިސަރު ނަސީމް ނަމަކަށް ކިޔާ ގައިދީއަކު ފިލުމުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ފިލީ ޑޮކްޓަރަށް ދެއްކުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ހުއްޓައި މިއަދު ކަމަށެވެ.

ޢުމުރުން 24 އަހަރުގެ އެމީހާ ފިލިކަން އެމްސީއެސްއިން ވަނީ ފުލުހުންނަށް އަންގައިފައެވެ. އެހެން ކަމުން އެ ދެ މުއައްސަސާ ގުޅިގެން މީހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. "އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންދަނީ އެމްސީއެސް އަށް އެހީތެރިކަން ފޯރުކޮށްދެމުން،" ފުލުހުން ވިދާޅުވިއެވެ.

އޭނާ ޖަލަށް ލައިފައިވަނީ ކޮންކަހަލަ މައްސަލައެއްގައި ކަމެއް އެނގިފައެއް ނުވެއެވެ. އަދީ އޭނާ ޖަލަށް ލައިފައިވަނީ ކިހާދުވަހަކަށް ކަމެއް ވެސް އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.