
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ކޮރޯނާ ވައިރަހަށް ސްކްރީން ކުރަން ފެށި ފަހުން އެ ވައިރަހަށް ޝައްކުވާ މީހަކު މިހާތަނަށް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ އެއާޕޯޓުގައި ސްކްރީން ކުރަން ފެށުމާއެކު ތާރމަލް ކެމެރާއިން ހުން ހުންނަކަމަށް ދައްކާ މީހުން އިތުރަށް ބަލައި، އެ މީހުންގެ ފސްމަންޒަރް ނަގާ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އިތުރަށް ބެލިބެލުމުން މިހާތަނަށް ކޮރޯނާ ވައިރަހަށް ޝައްކުވާ ފަރާތެއް ފެނިފައިނުވާ ކަމަށެވެ.
ކޮރޯނާ ވައިރަހަކީ ޗައިނާގައި ވަރަށް ހަލުވިކޮށް ފެތުރެން ފަށާފައިވާ ވައިރަހެކެވެ. މި ވަރަހަކަށް އަދި ފަރުވާއެއް ހޯދިފައި ނުވެއެވެ. މި ވައިރަހުގެ ސަބަބުން މިހާތަނަށް ޗައިނާގެ ވުހާންގައި ސަތާރަ މީހަކު ވަނީ މަރުވެފައެވެ.
ރާއްޖެއަކީ ޗައިިނާގެ ގިނަ ފަތުރުވެރިންތަކެއް ޒިޔާރަތްކުރާ ގައުމެކެވެ. ކޮރޯނާ ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު އެކަމަށް ތައްޔާރުވުމުގެ ގޮތުން މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ބުދަ ދުވަހު ވިދާޅުވިއެވެ.