ސްޕްރިން ކޫލްގެ ބްލޫ ސްޓާރ އިން ނަސްރު ސްޕޮންސަރ ކޮށްފި

ރާއްޖޭގެ މަޝްހޫރު މެރެތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު މިއަހަރު ދުވާ ފުރަތަމަށް ދުވުމަށް ސްޕްރިންގ ކޫލްގެ ބްލޫ ސްޓާރ އޭނާ ސްޕޮންސަރ ކޮށްފިއެވެ. މިއީ ދުބާއީގެ ކުންފުންޏެވެ.

މި ސްޕޮންސަރަކާއެކު ނަސްރު މިހާރުވަނީ މިއަހަރުގެ ފުރަތަމަ މެރަތަން އަށް ތައްޔާރުވެފައެވެ. ނަސްރު ސޮޕްންސަރ ކޮށްފައިވަނީ ވެސް ދުބާއީ ކުންފުންޏަކުންނެވެ. އެކުންފުނިން ވަނީ ނަސްރުގެ ކިޓާއި ދެކޮޅު ޓިކެޓާއި، ކެއުމާއި ހުރުމާއި، އެތެރޭގެ ޓްރާންސްޕޯޓު ވެސް ސްޕޮންސަރ ކޮށްފައެވެ. މިދަތުރުގައި ޖުމްލަ ފަސް ދުވަސް ނަސްރު ދުބާއީގައި ހޭދަކުރާނެއެވެ.

ނަސްރުއަކީ މިހާތަނަށް އެންމެގިނަ މެރެތަން ދުވެފައިވާ ދުވުންތެރިޔާއެވެ. ނަސްރުގެ ފުރަތަމަ ދުވުމަކަށްވާނީ މިމަހު ދުބާއީގައި އޮންނަ ދުބާއީ އިންޓަރނޭޝަނަލް މެރަތަން" އެވެ. ނަސްރުއަކީ މަޝްހޫރު ދުވުންތެރިޔާ މުހައްމަދު ޝިފާޒުގެ ބޮޑު ބޭބެއެވެ. މި ދެބޭންނަކީ ގދ. ފަރެސްމާތޮޑާ ދެމީހުންނެވެ. ދެމީހުން ވެސް މަސައްކަތް ކުރައްވަނީ އެމްއެންޑީއެފްގައެވެ.

ދުބާއީ އިންޓަރނޭޝަނަލް މެރެތަންގައި ދުވާއިރު ނަސްރު ބޭނުންކުރާނެ ކިޓް އިއްޔެ ވަނީ އޭނާއާ ހަވާލުކޮށްފައެވެ. މީގެ ކުރިން ވެސް ފަސް ފަހަރެއްގެ މަތީން ނަސްރުވަނީ ދުބާއީގައި ދުވެފައެވެ. މިއީ އޭނާ އެގައުމުގައި ދުވާނެ ހަވަނަ ފަހަރެވެ. ދުބާއީގައި މިފަހަރު ދުވާ ދުވުން ވެގެންދާނީ ނަސްރުގެ 56 ވަނަ ދުމަށެވެ. މިހާތަނަށް ނަސްރު ދުވި ގިނަ މެރެތަން ނިންމާފައިވަނީ 4 ގަޑިއިރަށްވުރެ އަވަހަށެވެ.

މިދަތުރުގައި ނަސްރު އާއެކު އިތުރު ދެދުވުންތެރިން ބައިވެރިވެއެވެ. އެއީ އޭނާ ގާތުން ދަރިވަރުވަމުންދާ ދެ ދުވުންތެރިން ކަމަށްވާ އިބްރާހީމް ހައްމާދު ޝަފީގާއި ޢައިޝަތު ރިޝްމީ އެވެ.

ނަސްރުވަނީ ރާއްޖޭގައި ބާއްވާ މެރެތަން މުބާރާތްތަކުންނާއި އިންޓަރނޭޝަނަލް މުބާރާތްތަކުން ވެސް ރަންވަނަތަކެއް ހާސިލް ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.