އިޖުތިމާޢީ ރައްކާތެރިކަމާއި ނުކުޅެދުންތެރިކަމާބެހޭ ދިރާސާގެ ނަތީޖާ ފާޅުކުރުންއައްޑުއާއި ކުޅުދުއްފުށީގއި

އެމްއެންޔޫ ހިތަދޫ ކެމްޕަސް

ދިވެހިރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމާއި ނުކުޅެދުންތެރިކަމާބެހޭ ދިރާސާއެއް ވަނީ ކޮށްފައެވެ.

ދިރާސާގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތަކެއް އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި މިމަހު އޮންނާނެއެވެ.

މިދިރާސާގައި ވަނީ ރާއްޖޭގެ އެކިސަރަހައްދުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދާއި އެއީ ކޮންބާވަތެއްގެ ނުކުޅެދުންތެރިކަމެއްކަން ދެނެގަތުމަށް މަސައްކަތް ކުރައްވައިފައެވެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެނޫންފަރާތްތަކުގެ ދިރިއުޅުން ހުންނަގޮތް މިދިރާސާގައި ވަނީ އަޅާކިޔައިފައެވެ.

މިދިރާސާ ކޮށްފައިވާ އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންކިޔާ ޔުނިވަރސިޓީ އަކުންނެވެ.  އައްޑުއާއި ކުޅުދުއްފުށީގައި ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ދިރާސާ ޓީމާ ސުވާލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އައްޑޫ ސިޓީގައި މި މަޝްވަރާ ބައްދަލުވުން އޮންނާނީ ޖެނުއަރީ 16 ވަނަ ދުވަހުގެރޭ، 8:30 އިން 10:00 އަށެވެ. ކުޅުދުއްފުށީގައި ވެސް މިމަޝްވަރާތައް އޮންނާނީ އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަސް ހޯލުގައެވެ. އެރަށުގައި މި ބައްދަލުވުން ކުރިއަށްދާނީ ޖެނުއަރީ 17 ވަނަ ދުވަހުގެރޭ 8:30 އިން 10:00 އަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.