ކުޅުދުއްފުށި ސިޓީގެ ދާއިރާތައް އަންނަ ހަފްތާގައި އިއުލާން ކުރަނީ

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް އަންނަ ހަފްތާގައި އިއުލާން ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވެފައިވަނީ އެދާއިރާތަކުން އަންހެން މެމްބަރުންނަށް ޚާއްސަ ކުރާނެ ދާއިރާތައް ކަނޑައެޅުމަށް ނަގާ ގުރުއަތުލުން ވެސް އަންނަ ހަފްތާގައި އޮންނާނެ ކަމަށެވެ.

ގުރުއަތުލުން އޮންނާނީ ކުޅުދުއްފުށީގައި ކަމަށް ވެސް އީސީން ވިދާޅުވިއެވެ. ލޯކަލްކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު އެޕްރީލް މަސްތެރޭގައެވެ.

ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ހަމަޖެއްސެވީ ޖެނުއަރީ 1 އިން ފެށުގެންނެވެ. އެ ސިޓީ ބަހާލަން ހަމަޖެހިފައިވަނީ އިންތިޚާބީ 6 ދާއިރާއަކަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.