މީގެ އިރުކޮޅެއް ކުރިން މަޢުލޫމާތު ލިބުނު ގޮތުގައި އެބޯޓު ޖެއްސީ ކްރޭޝް ލޭންޑިންއެއްގައި ގޮތުގައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެހެންނަމަވެސް ބޯޓުގެ ކުރީ ކޮޅަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
"ބޯޓު ޖައްސަން ކުރީ ފުރޮޅު ތިރި ކުރުމުން ލޮކެއް ނުވޭ. އެހެންވެ އެންމެ ފަހުން ކްރޭޝްލޭންޑިން އެއް ހެދީ. އެއްވެސް މީހަކަށް ގެއްލުމެއްނުވޭ. ނަމަވެސް ބޯޓަށް އެކިވަރުގެ ގެއްލުންވަނީ ވެފައި،" ޙާދިސާ ހިނގިއިރު އެސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.
....
އައްޑޫ ސިޓީ ފުލައިއިން ސްކޫލުގައި ކުދިންނަށް ތަމްރީން ދިނުމަށް ބޭނުންކުރާ ބޯޓަކަށް މައްސަލަޖެހި ލޭންޑު ނުކުރެވިގެން އުޅާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ދިމާވީ އެ ބޯޓުގެ ލޭންޑިން ގިއަރަށެވެ. މިއީ ދެ މީހުންގެ ޖާގައިގެ ބޯޓެކެވެ. ބޯޓު މިހާރުދަނީ އެސަރަހައްދުގައި އުދުހެމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންމެފަހުގެ އޮޕްޝަނަކަށް އޮންނާނީ ކްރޭޝް ލޭންޑިންއަކަށް ދިއުމެވެ. އެއާޕޯޓުގައި ތިއްބަވާ ސިފައިން ވެސް މިހާރު ގެންދަނީ މިކަމަށް ސަމާލުވެ ތައްޔާރު ވަމުންނެވެ. މިކަމާ ބެހޭ އިތުރު މަޢުލޫމާތެއް އދި ނުލިބެއެވެ.
މީގެ ކުރިން ވެސް މިފަދަ ހާދިސާއެއް ދިމާވެ ބޯޓުވަނީ މޫދަށް ޖައްސައިފައެވެ.